Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

މާލެ ސަރަހައްދުން ކެނޑިއްޖެ

ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށް ގެންދިޔަ އަޕްގްރޭޑިން މަސައްކަތް އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ނިންމާލެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައި ވަނިކޮށް މާލެ ސަރަހައްދުން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.

މިކަމާ ގުޅިގެން އެ ކުންފުނިން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައވާ ކަމަށެވެ. އަދި މައްސަލަ ދެނަގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ސްޓެލްކޯ އިން އަޕްގްރޭންޑިން މަސައްކަތްތަކެއް ކުރިއަށް ގެންދިޔައީ ރޭ މެންދަމު 03:00 އިން ހެނދުނު 8:00 އަށެވެ.

މާލެ ސަރަހައްދުން ކަރަންޓް ކެނޑުމަކީ މިހާރު އާންމުކޮށް ދިމާވަމުންދާ މައްސަލައެކެވެ.