Last Updated: July 11, 10:23
Saturday, July 11, 2026
މުނިފޫހިފިލުވުން

ވަރޫން ބޮޑު ހާޖާނުގަނޑެއްގެ ތެރެއަށް

ދަރިޔަކު ނުލިބިގެން ބައިވެރިޔާ ބަދަލު ކުރަން އުޅުމުގެ ތެރޭގައި އަންހެނުންނާއި ލޯބިވެރިޔާ ވެސް ބަލިވެއިނދެ، ވަރޫން ދަވަން ބޮޑު ހާޖާނުގަނޑެއްގެ ތެރެއަށް ވެއްޓި، ދިމާވާ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމު 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

އަންނަ މަހުގެ 5 ގައި ސިނަމާތަކަށް ގެންނަ މި ފިލްމަކީ ވަރޫންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ.

'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ގެ ބަތަލާއިންނަކީ މުރްނާލް ތާކޫރާއި ޕޫޖާ ހެގްޅޭ އެވެ.

ރަމޭޝް ތައުރާނީގެ ޓިޕްސް ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މޯނީ ރޯއި، ޗަންކީ ޕާންޑޭ، ކުބްރާ ސައިތު، މަނީޝް ޕޯލް، ޖިމީ ޝެރްގިލް، އަލީ އަސްގަރް، އަދި މަނޯޖް ޕަހްވާ އަދި ރާކޭޝް ބޭދީ ހިމެނެ އެވެ.

'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' އަކީ ދަރިފުޅު ވަރޫން ހިމަނައިގެން ޑޭވިޑް ހެދި ހަތަރު ވަނަ ފިލްމެވެ. ދެބަފައިން އެކީގައި ކުރިން ގެނެސްދިން ފިލްމުތަކަކީ 2020 ގެ 'ކޫލީ ނަމްބަރު 1' އާއި 2018 ގެ 'ޖުޅުވާ 2' ގެ އިތުރުން 2014 ގެ 'ތޫ މޭރާ ހީރޯ' އެވެ.

'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' އަކީ މި އަހަރު ރިލީޒްކުރާ ވަރޫންގެ ދެވަނަ ފިލްމެވެ. އޭނަގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ގެނެސްދީގެން ބޮޑު ތަރުހީބެއް ލިބުނު ހަނގުރާމަ ފިލްމު 'ބޯޑާ 2' އެވެ.