Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް މަޖީދު

އަބްދުލް މަޖީދު އަލީ - ފޮޓޯ: ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް އަބްދުލް މަޖީދު އަލީ ހަމަޖައްސައިފި އެވެ.

ޗެއާޕާސަންގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް މިދިޔަ ފެބްރުއަރީ މަހު އިސްތިއުފާދެއްވުމުންނެވެ.

ޗެއާޕާސަން ހިމެނޭހެން ޕެންޝަން އޮފީހުގެ ބޯޑުން މެންބަރުންތަކެއް އިސްތިއުފާ ދެއްވީ ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން އުޅޭތީ އެވެ.

ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް މިއަދު ހަމަޖެއްސި މަޖީދު މިހާތަނަށް ހުންނެވީ ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރާ މެމްބަރެއްގެ ހައިސިއްޔަތުން ޕެންޝަން އޮފީހުގެ ބޯޑު މެމްބަރެއްގެ ގޮތުގަ އެވެ.

ޕެންޝަން އޮފީހުން މިއަދު ވަނީ ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ބޯޑުގެ މެންބަރަކަށް އައްޔަނުކޮށްފަ އެވެ.