Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ޕެންޝަން އޮފީހުގެ ބޯޑަށް ޔާމީން

ޕެންޝަން އޮފީހުގެ ބޯޑަށް ޔާމީން އިދުރީސް އައްޔަންކޮށްފި އެވެ.

ޕެންޝަން އޮފީހުގެ ބޯޑަށް އޭނަ އައްޔަންކުރި އިރު، ކުރީގެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ޔާމީން ކުރައްވާފައިވެ އެވެ.

ޕެންޝަން އޮފީހުގެ ބޯޑަށް އޭނަ އައްޔަންކޮށްފައި މި ވަނީ އެތަނުގެ ބޯޑުން އިސްވެރިންތަކެއް މި ފަހުން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. އޭގެ ތެރޭގައި ޗެއާޕާސަން ޑރ. އަހުމަދި އިނާޒާއި ސީއީއޯ ސުޖާތާ ހަލީމާއި ންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ އަދި ބޯޑުން ސަރުވަޝް އާދަމް ހިމެނެ އެވެ.

އެ ބޭފުޅުން އިސްތިއުފާ ދެއްވީ ސަރުކާރުން ބޭނުންވާ ގޮތަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރަން ނިންމާފައިވާތީ އެވެ.

މި މަހުގެ ކުރީކޮޅު ޕެންޝަން އޮފީހަށް ސީއީއޯއެއް ހޯދަން އިއުލާންކޮށްފައިވެ އެވެ.