Last Updated: July 11, 10:01
Saturday, July 11, 2026
މީހުން

ނޫސްްވެރިޔަކު ޖަލުގައި ޤުރްއާން ހިތުދަސްކޮށްފި!

ފަލަސްޠީނުގެ ނޫސްވެރިއެއް، އިޒުރޭލުގެ ޖަލުގައި ހުރެ، ޤުރުއާން ހިތުދަސްކޮށްފި އެވެ.

އިޒުރޭލުގެ ޖަލެއްގައި ބަންދުކޮށްފައިވާ ފަލަސްޠީނުގެ ނޫސްވެރިޔާ ބުޝްރާ، ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކޮށްފަ އެވެ.

ޖަލުގެ ތޭރިތައް ވެސް ދަލީލުކޮށް ދެނީ އީމާންކަމަކީ ޤައިދު ކުރެވޭނޭ އެއްޗެއް ނޫންކަމެވެ. ފަލަސްޠީނުގެ ނޫސްވެރިޔާ ބުޝްރާ، އިޒުރޭލުގެ ޖަލު ބަންދުގައި ހުރެ، ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކުރި ކަމަށް ބުނާ ރިޕޯޓްތައް ފެންމަތިވުމާއެކު، އެ ބާރުގަދަ ވާހަކައިގައި ޝާމިލުވާ ބުޝްރާގެ ސަބަބުން، އިޖުތިމާޢީ މަންސަތަކުގައި އެތައް ބައެއްގެ ހިތްތަކަށް އަސަރު ކުރުވައިފަ އެވެ.

ދައުރުވަމުން އަންނަ ރިޕޯޓްތަކާއި، އޮންލައިންކޮށް ދެކެވޭ ވާހަކަތަކަށް ބަލާއިރު، ބުޝްރާ، ޖަލު ބަންދުގެ ހިތްދަތި، އުނދަގޫ ޙާލަތުގައި ހޭދަކުރަންޖެހޭ ވަގުތު، އޭނާ ބޭނުންކުރީ ކީރިތި ޤުރުއާން ހިތުދަސްކޮށްގެން الله އާއި ގުޅުން ބަދަހިކުރުމަށެވެ.
ވަރުގަދަ ޝުޢޫރެއް އުފައްދައިދޭ މި ވާހަކަ ވަނީ މުސްލިމް ޖަމާޢަތްތަކުގެ މެދުގައި ވިރަވިވެފަ އެވެ.

ގިނަ ބަޔަކު ވަނީ ދަތި އުނދަގޫ ވަގުތުތަކުގައި، އޭނާގެ ކެތްތެރިކަމާއި، އީމާންތެރިކަމާއި، އަދި ޢަޒުމަށް ތަޢުރީފު ކޮށްފައެވެ. އެއް ބަޔަކު ސިފަކުރި ގޮތުގައި، އޭނާގެ ދަތުރަކީ އެންމެ އަނދިރި ޙާލަތްތަކުގައި ވެސް ރޫޙާނީ ބާރާއި، ކެތްތެރިކަމާއި، ވިލުންތެރިކަމާއި، ޤުރުއާނުގެ ބާރު ހަނދާންކޮށްދޭ ދަތުރެކެވެ.

އޭނާގެ އިޚުލާސްތެރިކަމާއި، ހިއްމަތްތެރިކަމަށް ތަޢުރީފުގެ މެސެޖުތަކާއި، ޖަޒުބާތީ ރައްދުޢަމަލުތަކާއި، ހެޔޮ ދުޢާއާ އިން އިޖުތިމާޢީ މަންސަތައް ވަނީ ބަންޑުން ކޮށްލާފައެވެ.

ބުޝްރާގެ މަސައްކަތުގައި ބަރަކާތްލައްވައި، ޘަވާބާއި ހެޔޮޮ ދަރުމަ މިންވަރުކޮށް ދެއްވާށިއެވެ. އަދި، ފަލަސްޠީނާއި، ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މަޒުލޫމުންނަށް ރައްކާތެރިކަން ދެއްވާށިއެވެ. އަދި، ކޮންމެ މުއުމިނެއްގެ ބާރުގެ މަޞްދަރަކީ ކީރިތި ޤުރުއާން ކަމުގައި ލައްވާށިއެވެ. އަމީން!

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުކެވެ.