Last Updated: July 11, 02:43
Saturday, July 11, 2026
ޚަބަރު

ހިމަބިއްސަށް ހާއްސަ މޭޒެއް އައިޖީއެމްއެޗްގައި

ރާއްޖެ އިން ހިމަބިހީ ކޭސްތަކެއް ފެނުމާ ގުޅިގެން އަލާމާތެއް ފެނިއްޖެ ނަމަ ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުގައި ޚާއްސަ މޭޒެއް ޤާއިމުކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މިދުވަސްވަރު ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ ހިމަބިހީގެ އަލާމާތްތައް ފެންނަ މީހުންނަށް ޚިދުމަތްދިނުމަށް ބޮޑެތި މީހުންގެ ކުއްލި ފަރުވާދޭ ބައިގެ އެމްބިޔުލަންސް ޕޯޓިކޯ ކައިރީގައި މިކަމަށް ޚާއްޞަ މޭޒެއް މިހާރު ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އެހެންވެ ހިމަބިހީގެ އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދައްކަން ދާއިރު މާސްކް އެޅުމަށާއި، ވީހާ ވެސް މަދު ބަޔަކާ އެކު ހޮސްޕިޓަލަށް ދިޔުމަށް އިލްތިމާސްކޮށްފައިވެ އެވެ. އައިޖީއެމްއެޗުން ބުނީ ހިމަބިއްސަށް ހާއްސަކުރި މޭޒުގެ ޚިދުމަތް ކޮންމެ ދުވަހަ ކުވެސް ހެނދުނު 8:00 އިން ރޭނގަޑު 11:00 އާ ހަމައަށް ލިބޭނެ ކަމަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3335335 އަށް ގުޅުއްވައިގެން ހޯދޭނެ އެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ގައިގައި ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުން ހިމެނެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ރާއްޖެިއން މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހިފައިވާ 7 މީހުން ފެނިފައިވެ އެވެ. އަދި އެ މީހުންނާ ކޮންޓެކްޓްވެފައިވާ 74 އަށް ވުރެ ގިނަ މީހުން ފާހަގަކުރެވިފައިވެ އެވެ.

ރާއްޖޭގައި ހިމަބިހިން ހިމަބިހީގެ ކޭސްތައް ފެނިފައި މި ވަނީ 2017 ގައި ރާއްޖެއަކީ، އެ ނައްތާލެވިފައިވާ ޤައުމެއްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ އިން ކަނޑައަޅާފައި ވަނިކޮށެވެ.