ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސީނިއާ ޤައުމީ ޓީމް އިންޑިއާގެ ގޯއާ އަށް އިއްޔެ ފުރައިފި އެވެ.
އެ މުބާރާތް ފަށަން ހަމަޖެހިފައި ވަނީ މާދަމާ އެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕްގަ ވެ. މި ގްރޫޕްގައި ހިމެނެނީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި އިންޑިއާ އެވެ. ބަންގްލަދޭޝްއަކީ މިދިޔަ ފަހަރުގެ މުބާރާތުގެ ޗެމްޕިއަނެވެ.
މުބާރާތުގައި ހަ ޤައުމަކުން ވާދަކުރެއެވެ. ރާއްޖެ ހިމެނޭ ގްރޫޕްގެ އިތުރުން ދެން ވާދަކުރަނީ، ބޫޓާން، ނޭޕާލް އަދި އަވައްޓެރި ސްރީ ލަންކާ އެވެ.
ސާކްގެ ގައުމުތަކުގެ ތެރެއިން މުބާރާތުގައި ވާދަނުކުރަނީ ޕާކިސްތާނެވެ. އެ ގައުމުން މުބާރާތަށް ނުދާން ނިންމީ އިންޑިއާގައި މުބާރާތް ބާއްވާތީ އެވެ.
ސާފް ވިމެންސް ޗެމްޕިއަންޝިޕް ކުރިއަށް ދާނީ އަންނަ މަހުގެ 6 އާ ހަމައަށެވެ.
ރާއްޖޭގެ ޓީމުގެ ކޯޗަކީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ މުހައްމަދު ސޮބާހް އެވެ. އަންހެން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން މިހާތަނަށް އަށް ފަހަރަކު ވާދަކޮށްފައިވާ އިރު، އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ 2016 ގަ އެވެ. އެފަހަރު ރާއްޖޭން ވަނީ މުބާރާތުގެ ސެމީގައި ކުޅެފަ އެވެ. އަދި އެ ފަހަރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ވަނީ ބޫޓާނާއި ސްރީ ލަންކާ ބަލިކޮށްފަ އެވެ.