އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ އާއިލާއެއް ކަމަށްވާ ކާޑޭޝަން/ޖެނާ އާއިލާގެ މެންބަރުންގެ ތެރެއިން ކެންޑާލް ޖެނާ ވެސް ހޮލީވުޑްގެ ތަރިއަކާ ޑޭޓް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން މިހާރު 30 އަހަރުގެ މޮޑެލް ރައްޓެހިވެހެން އުޅެނީ ޒުވާން އެކްޓަރު ޖެކޮބް އެލޯޑީއާ އެވެ. އޮސްޓްރޭލިއާ އަށް އުފަން 28 އަހަރުގެ އެލޯޑީ އަކީ 'ޕްރަސީލާ' އާއި 'ސޯލްޓްބާން' ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އެކްޓަރެވެ. އޭނަ އަކީ ޖޭމްސް ބޮންޑްގެ ރޯލު ކުޅެން ދެން ނަގައިފާނެ ކަމަށް ބުނާ އެކްޓަރުންގެ ލިސްޓްގައި ވެސް ހިމެނޭ އަރަމުން އަންނަ ވަރަަށް އުންމީދީ އެކްޓަރެކެވެ.
އެލޯޑީގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި 'ވުދަރިން ހައިޓްސް' އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 'ދަ ޑޯގް ސްޓާސް' ހިމެނެ އެވެ.
އެލޯޑީއާ ކެންޑާލް ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، އޭނަ ކުރިން ރައްޓެހިވި ކަމަށް ބުނާ މީހުންގެ ތެރޭގައި ޕޯޓަރިކޯ އަށް ނިސްބަތްވާ ރެޕާ ބޭޑް ބަނީ އާއި އެމެރިކާގެ ބާސްކެޓް ތަރި ޑެވިން ބޫކާ ހިމެނެ އެވެ.
ކެންޑާލް އާއި އެލޯޑީ މި ފަހުން އެކި ތަންތަނުން ވެސް އެކީގައި ފެނިފައިވާ އިރު، މިދިޔަ ހަފުތާގެ ތެރޭގައި އޭނަގެ އެއްބަނޑު އެއްބަފާ ދައްތަ ކައިލީ ޖެނާ އާއި އާއި އޭނަގެ މިހާރުގެ ލޯބިވެރިޔާ ހޮލީވުޑްގެ އެކްޓަރު ޓިމޮތީ ޝެމަލޭ އެކީގައި ޕްރައިވެޓް ޕާޓީއަކުން ވެސް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެލޯޑީއާ މެދު ކެންޑާލް ވަރަށް ސީރިއަސް އެވެ. އަދި ދެ މީހުންގެ ގުޅުން ބަދަހިވާން ފެށި ދާދި ފަހުން ހަވާއީ އަށް ކުރިއަށް ދަތުރެއްގެ ތެރޭގައި ކަމަށްވެ އެވެ.