Last Updated: July 11, 10:01
Saturday, July 11, 2026
ދުނިޔެ

ރޭލެއް ގޮއްވައިލުމުން ގިނަ ބަޔަކު މަރުވެއްޖެ

Residents carry a body at the site near a derailed train following an explosion in Quetta on May 24, 2026. (Photo by Banaras KHAN / AFP)

ގިނަ އަދަދެއްގެ ސިފައިންގެ ބަޔަކު ވެސް ދަތުރުކުރި ރޭލެއް ޕާކިސްތާންގައި ގޮއްވައިލުމާ ގުޅިގެން 24 މީހަކު މަރުވެ، 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ބަލޮޗިސްތާންގައި މި ހާދިސާ ހިނގީ ދަތުރު ކުރަމުން ދިޔަ ރޭލެއްގައި ގޮވާތަކެތި ބަރުކޮށްފައި އޮތް ކާރަކުން ޖެއްސުމާ ގުޅިގެން ކަމަށެވެ. ގޮއްވައިލި ރޭލުން ދަތުރުކުރި ގިނަ މީހުންނަކީ އާއިލާތަކާ އެކު އީދު ފާހަގަކުރަން ކުއެޓާ އިން ޕިޝާވަރަށް ދަތުރުކުރި މީހުން ކަމަށް ރަސްމީ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

ރޭލު ގޮއްވާލުމުން އެ ހާދިސާ ހިނގި ސަރަހައްދަށް އޭގައި ބައިތައް ވިއްސައިގެން ގޮސް ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ އިމާރާތްތަކަށާއި ވެހިކަލްތަކަކަށް ވެސް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގައިފައެއް ނުވެ އެވެ. ޕާކިސްތާނަކީ މިފަދަ ވަރަށް ގިނައިން ހިނގަމުންދާ ގައުމެކެވެ.