Last Updated: July 11, 10:23
Saturday, July 11, 2026
މުނިފޫހިފިލުވުން

އަކްޝޭ އޭލިއަން ތުރިލާއެއް ކުޅެނީ

އިންޑިއާގެ ތަރި، އަކްޝޭ ކުމާރު އޭލިއަން ތުރިލާއަކަށް ސޮއިކޮށްފި އެވެ.

'ސަމުކް' ގެ ނަން ދީފައިވާ މި ފިލްމަކީ އޭނަގެ ވަރަށް ކާމިޔާބު ފިލްމުތަކެއް ކަމަށްވާ 'ނަމަސްތޭ ލަންޑަން' އާއި 'ވަގުތު: ދަ ރޭސް އެގެއިންސްޓް ޓައިމް' ގެ ޑައިރެކްޓަރު ވިޕުލް ޝާހް ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަކްޝޭގެ އަމިއްލަ ފިލްމު ކުންފުނި، ކޭޕް އޮފް ގުޑް ފިލްމްސް ވެސް ހިއްސާވެގެން ހަދަން ތައްޔާރީތައްވަމުން އަންނަ ސަމުކްގެ ޑައިރެކްޝަން ހަވާލުކޮށްފައި ވަނީ ކަނިޝްގް ވަރްމާ އެވެ.

މި ފިލްމާ ބެހޭ ގޮތުން އަކްޝޭ ބުނީ ފިލްމަށް ސޮއިކުރީ ސްކްރިޕްޓް ކަމުދިޔަލެއް ބޮޑުކަމުން ކަމަށާއި މިއީ އާ ޖޯންރާއެއް ވެސް ތަޖުރިބާކޮށްލެވޭނެ ފިލްމެއް ކަމަށެވެ.

"ވަރަށް އުފަލުން މި ހުރިހާ މި ޕްރޮޖެކްޓާ މެދު." އޭނަ ބުންޏެވެ.

ނަމަވެސް 'ސަމުކް' އާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައިކަމާއި ޝޫޓިން ފަށާނެ އިރަކާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް ވެސް ސާފެއް ނުވެ އެވެ. އެކަމަކު މި ފިލްމުގެ ޓެކްނިކަލް މަސައްކަތުގެ ތެރޭގައި ހޮލީވުޑްގެ ތަޖުރިބާރުންތަކެއް މަސައްކަތް ކުރާނެކަން ފިލްމުގެ ޓީމުން ކަށަވަރުކޮށް ދީފައިވެ އެވެ. އެގޮތުން 'ސަމުކް' ގެ އެކްޝަން ޑިރެކްޓަރެއްގެ ގޮތުގައި 'މިޝަން އިމްޕޮސިބަލް' އާއި 'ޖޭމްސް' ބޮންޑް އަދި 'ސްޓާވޯސް' ގެ ފިލްމުތަކުގެ އެކްޝަން ޑިޒައިނަރު ލޫކް ޓަމްބާ އާއި 'އޭލިއަން' އާއި 'ޕްރެޑޭޓާ' ފަދަ ފިލްމުތަކުގައި ޕްރޮޑަކްޝަން ޑިޒައިނާއގެ ގޮތުގައި މަސައްކަތްކޮށް އޮސްކާ އެވޯޑަށް ނޮމިނޭޓްވި އެލެކް ގިލިސް މަސައްކަތް ކުރާނެ އެވެ.

އަކްޝޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރީ ކޮމެޑީ-ހޮރޯ 'ބޫތު ބަނގްލާ' އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 26 އަށް ތާވަލުކޮށްފައި އޮތް ކޮމެޑީ 'ވެލްކަމް ޓު ދަ ޖަންގަލް' އެވެ.