Last Updated: July 12, 06:09
Sunday, July 12, 2026
ޚަބަރު

އަބްދުއްރަހީމްގެ ވާހަކަތަކަށް ނަޝީދުގެ ރައްދެއް

ނަޝީދާ އެކު ސަޕޯޓަރަކު ސެލްފީއެއް ނަގަނީ.

ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިކުރައްވަން ހުށަހެޅުމުން ވޯޓަށް އަހަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލައާ ގުޅުވައިގެން ނަޝީދު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވީ އޭނާ ވަކިކުރަން އުޅެނީ ބައެއް މެންބަރުންނާ ގުޅިގެން ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރަން އުޅުއްވާތީ ކަމަށެވެ. އަދި ނާޒިމާ އެކު ޕީއެންސީގެ 23 މެންބަރަކު ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ މި ވާހަކަތަކަށް ރައްޔިިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އައްޑޫގައި ރޭ ޖަލްސާއެއްފައި ރައްދު ދެއްވައި ވިދާޅުވީ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނުނެގޭނެ ކަމަށެވެ.

"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން ވަނީ. ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތި ބޭފުޅުންނަކަށް ނުނެންގެވޭނެ،" އޭނަ ވިދާޅުވި އެވެ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ."

އެ ވާހަކަތަކުގެ ރައްދުގައި ނަޝީދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ތިންބައިކުޅަ މެންބަރުން ހުށަހެޅުމުން ވޯޓަށް ޖެހޭނީ އަހަން ޖެހޭނެ ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީގެ އެންމެ ބޮޮޑު ހަމަ ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ނަޝީދު ވަނީ ރައީސްގެ މުއިއްޒުގެ ވެރިކަން މި އަހަރު ނިމުމުގެ ކުރިން ބަދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.