Last Updated: July 17, 05:40
Friday, July 17, 2026
ޚަބަރު

ޑްރަގް ވިއްކަން އުޅުނު ބަޔަކު މީދޫން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރި އަށް އެ ތަކެތި މަސްތުވާތަކެތި ހިފައިގެން ދާކަމުގެ މައުލޫމާތު އައްޑޫ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މަހުގެ 22 ގައި ހިންގި އޮޕަރޭޝަންގައި މީދޫން ހައްޔަރުކޮށްފައި ވަނީ މީދޫ، މިރާޒް، އީޖާޒް ނަޢީމް، 43، ހިތަދޫ، ގުޑްލަކް ޢަބްދުﷲ ޢަމީލު، 41، ކަމަށެވެ.

އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 209 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 18.16 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.