އެމްޑީޕީގެ މަޝްހޫރު އެކްޓިވިސްޓް އަދި ކުރީގެ މުހައްމަދު ނަޝީދާ އެކު މަސައްކަތް ކުރަމުން އަންނަ ޝަމްއޫން ޖަލީލު (ލޫކަސް) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި ކުރަމުންދިޔަ މުޒާހަރާތަކުގެ ތެރެއިން ހިޔާލު ފާޅުކުރަމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އޭނަ ގެންދިޔައީ މީގެ 11 ދުވަސް ކުރިން ޖިދީ މަގު ޗާންދަނީ މަގު ކަންމަތީގައި ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ.
ލޫކަސްގެ ބަންދަށް ކޯޓުން ޖެހީ 10 ދުވަހެވެ.
އެ ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން އެންމެ ބޮޑު ބަންދެއް ޖެހީ ލޫކަސްއަށެވެ.
އޭނާއަކީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި މި ސަރުކާރު ބަދަލު ކުރަން ޖެހޭ ކަމަށް ގޮވައިލަމުން އަންނަ މީހެކެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ވެސް ލޫކަސް 40 ދުވަހު ޖަލުގައި ހޭދަކުރި އެވެ.