Last Updated: July 11, 10:23
Saturday, July 11, 2026
މުނިފޫހިފިލުވުން

ސޮނާކްޝީގެ 'ސިސްޓަމް' މިހާރު ބަލާލެވޭނެ

އިންޑިއާގެ ބަތަލާ ސޮނާކްޝީ ސިންހާގެ އާ ފިލްމު 'ސިސްޓަމް' އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމް ކުރަން ފަަށައިފި އެވެ.

މި ލީގަލް ޑްރާމާ އަކީ ސޮނާކްޝީ ވަކީލެއްގެ ރޯލު ކުޅެފައިވާ ފިލްމެކެވެ.

'ސިސްޓަމް' ގެ ކާސްޓްގައި ޖޯތިކާ އާއި މަޝްހޫރު ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާ ވެސް ހިމެނެ އެވެ. އޭނަ 'ސިސްޓަމް' ގައި ކުޅެފައި ވަނީ ސޮނާކްޝގެ ބައްޕަ އަދި ނުފޫޒު ގަދަ ވަކީލެއްގެ ރޯލެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ އަޝްވިނީ އައްޔަރު ތިވާރީ އެވެ. އޭނަ އަކީ ޑަންގަލް އާއި ޗިޗޯރޭ ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އަންހެނުންނެވެ. ނިތޭޝްގެ ކުރިއަށް އޮތް ފިލްމަކީ އިންޑިއާގެ މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ރަންބީރް ކަޕޫރްގެ ރާމާޔާން: ޕާޓް 1 އެވެ.

އަޝްވިނީ އަކީ މަގުބޫލު ފިލްމުތައް ކަމަށްވާ 'ބެރިލީ ކީ ބަރްފީ' އާއި 'ޕަންގާ' ގެ ޑައިރެކްޓަރެވެ.