Last Updated: July 17, 05:40
Friday, July 17, 2026
ޚަބަރު

އީދާ ދިމާކޮށް އުޅަނދުތަކުގެ ސަލާމަތީ ކަންކަން ބަލަނީ

ޢީދު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އަތޮޅުތަކުގެ ރަށްރަށަށް ދަތުރުކުރަމުންދާތީ، ކަނޑު އުޅަނދުތަކުގެ ސަލާމަތީ ކަންކަން ހުރި ނެތްގޮތް ބެލުމަށް ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އެމްއެންޑީއެފްއިން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ޓީވީއެމްގެ "ހެނދުނުހެނދުނާ" ގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކޯސްޓްގާޑުގެ ސްކޮޑްރަން ކޮމާންޑާ، ލެފްޓިނެންޓް ކާނަލް އަހުމަދު ފައިޒާން ވިދާޅުވީ، ރާއްޖޭގެ އެންމެ އުތުރުގެ ހއ. އަތޮޅުން ފެށިގެން އެންމެ ދެކުނުގެ އައްޑޫ ސިޓީއާ ހަމައަށް ކުރިއަށްގެންދާ އެ އޮޕަރޭޝަންގެ ދަށުން ވީހާވެސް ގިނަ އުޅަނދުތަކެއް ބަލައި ފާސްކުރަމުންދާ ކަމަށެވެ. އެ މަސައްކަތަށް އެމްއެންޑީއެފްގެ ގިނަ އަދަދެއްގެ އުޅަނދުފަހަރު މިހާރު ވަނީ އެކި ސަރަހައްދުތަކަށް ފޮނުވާފައިކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފްއިން ވަނީ ޢީދު ޗުއްޓީގައި މޫދު ކުޅިވަރުތަކަށްދާ ފަރާތްތަކުންނާއި އާއިލާތަކުންވެސް ސަލާމަތީ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ. ވަކިން ޚާއްސަކޮށް، ކުޑަކުދިން ގޮނޑުދޮށަށް ގެންދާއިރު އެކުދިންގެ ސަލާމަތަށް ވިސްނުމަށާއި، ކަނޑުދަތުރުކުރާއިރު ލައިފްޖެކެޓު ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފަ އެވެ.