ސިޔާސީ ކަންކަމުގައި ކުޑަކުދިން ބައިވެރި ނުކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނަކީ މި ދުނިޔޭގައިވެސް ނެތްހާ ފިތުނަވެރި ތަނެއް ކަމަށާއި، ރާއްޖެއަކީ އާބާދީ ކުޑަ ގައުމަކަށް ވުމުން މި ދުނިޔޭގެ އެއްވެސް ގައުމެއްގައި މުޖުތަމައުއަށް ނުކުރާ ގެއްލުން ކުރުވާ މާހައުލެއް ކަމަށެވެ.
އެހެން ކަމުން މިފަދަ މާހައުލެއްގައި ސިޔާސީ ކަންކަމުގައި ތުއްތު ކުދިން ބައިވެރި ނުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އިހުސާން ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އާދަ ކާދައިގެ ދަށުން ކުޑަކުދިން ބައިވެރިވާ މާހައުލެއް ނަމަ ބަސްމަގާއި ދައްކާ ވާހަކަތަކަށް އެއީ އެ ކުދިންނަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރު ނުކުރާ ފަދަ ވާހަކަ ތަކަކަށް ވާން ޖެހޭނެ ކަމަށެވެ.
އެގޮތުން އެކަން ކަމަށް ސަމާލު ވުމަށް އެންމެހާ ސިޔާސީ ފަރާތްތަކަށް ވަޒީރު ވަނީ ގޮވާލައްވާފަ އެވެ.