ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރޭގެ ވަގުތެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގެންފައިވަނީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. އެ ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ދީފައެއް ނުވެ އެވެ.
މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ސިންގަޕޫރަށް ރައީސް ކުރައްވާ ހަވަނަ ނުރަސްމީ ދަތުރުފުޅެވެ. އެންމެ ފަހުން އެ މަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގައެވެ. އެ ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.