ފަނަރަ ރަށެއްގެ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ ޢިމާރާތުގެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ހެލްތު މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
އެ ރަށްތަކަކީ – ރ. ފައިނު، ނ. ކުޑަފަރި، ނ. ފޮއްދޫ، ބ. ކުޑަރިކިލު، ބ. ދޮންފަނު، މ. ރަތްމަންދޫ، ލ. މުންޑޫ، ލ. ނަހަންދޫ
ށ. ގޮއިދޫ، ހއ. މުރައިދޫ، ހދ. ކުމުންދޫ، ހދ. ނައިވާދޫ، ތ. އޮމަދޫ، ތ. ގާދިއްފުށި އަދި އދ. ދިއްދު އެވެ.
މިނިސްޓްރީން ބުނީ މި ރަށްތަކުގައި ލެބް އިމާރާތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 8 ގެ ކުރިން [email protected] އަށް ރެޖިސްޓްރޭޝަން ޝީޓް ފުރުމަށް ފަހު އީމެއިލް ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
އަތޮޅުތަކުގެ ރަށްރަށުގައި ލެބްގެ ޚިދުމަތް ޤާއިމުކުރުމަށް މި ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މި އަހަރުގެ މިހާތަނަށް 18 ރަށެއްގައި އެ ޚިދުމަތް ޤާއިމުކޮށްފައިވެ އެވެ.