Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ޒުވާނުން ބޭނުމީ އެމްޑީޕީ އަށް ޒުވާން ލީޑަޝިޕެއް

މީކާއީލްގެ ކެމްޕޭންގައި ދީދީ.

އެމްޑީޕީގެ ޒުވާން މެމްބަރުން މިހާރު ބޭނުން ވަނީ އެ ޕާޓީގެ އިސް ސަފަށް ޒުވާން ލީޑަޝިޕެއް ކަމަށް އެމްޑީޕީ އަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ އެ ޕާޓީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމަށް ކެމްޕޭންގެ ތެރެއިން ރ. އަތޮޅަށް މިހާރު ކުރަމުން އަންނަ ދަތުރުތަކުގެ ތެރެއިން ދީދީ ވިދާޅުވީ އަތޮޅުތަކަށް ކުރައްވަމޖުން ގެންދަވާ ދަތުރުތަކުން މީކާއިލަށް އޮތް ތާއީދު ވަރަށް ސާފުކޮށް ފެންނަ ކަމަށެޗެ.

އޭނަ ވިދާޅުވީ އެމްޑީޕީ އަކީ ގިނަ އަދަދެއްގެ ޒުވާން މެންބަރުން ތިބި ޕާޓީއެއް ކަމަށާއި އެ މީހުން ބޭނުން ވަނީ މީކާއީލް ޗޗެއާޕާސަނަކަށް ގެނެސް ޕާޓީގެ ހިންގުމަށް ހެޔޮ ބަދަލުތަކެއް ގެންނަން ކަމަށެވެ. އެގޮތުން ޒުވާން އާ ލީޑަޝިޕެއްގެ ދަށުން ޕާޓީ ހިންގުމަކީ ޒަމާނީ ބަދަލުތަކަކާއެކު ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ވަރަށް ބޭނުންތެރި ކަމެއް ކަމަށް ވެސް ދީދީ ވިދާޅުވިި އެވެ.

މީކާއީލްގެ ކެމްޕޭންގައި ދީދީ.

އެހެންވެ ޕާޓީގެ ޗެއާޕަސަން ހޮވާއިރު މިއީ ވަރަށް ފުންކޮށް ވިސްނަންޖެ ހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އަންނަ މަހުގެ 12 ގައި ބާއްވާ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަނީ މީކާއީލާއި ކުރީގެ ރައީސް މުހައްމަދު ނަަޝީދުގެ އިތުރުން އިބްރާހީމް މުޙައްމަދު (ވާޑު) އެވެ.