Last Updated: July 17, 05:40
Friday, July 17, 2026
ޚަބަރު

ބަނގުރާ ވިއްކާ ބަޔަކު ހައްޔަރުކޮށްފި

ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ބަންގްލަދޭޝްގެ ބަޔަކު ހައްޔަރުކޮށްފި އެވެ.

އިއްޔެ ފޭސް އެކެއްގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ އެމްޑީ ބިލާލް މިއާ، 34، އާއި އެމްޑީ ޓެންވާ ރަޙްމާން އެންޓޯ، 20، އެެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ހުޅުމާލެ ފެރީޓާމިނަލް ކައިރިން ކަމަށެވެ. އެ މީހުންނާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރި އިރު، އެ މީހުން ގެންގުޅުނު ދަބަސްތަކުގެ ތެރެއިން، 22 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދެ މީހުން ވެސް މިހާރު ވަނީ ރާއްޖެއިން ޑީޕޯޓް ކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ