ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރުގެ ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް އަންނަ މަހު ފަށަން ނިންމައި މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ މެދުގައި ގުރުލައިފި އެވެ.
އަންނަ މަހުގެ 1-10 އަށް ބާއްވާ ގުރުއަތުލުން ނެގީ ރޭގަ އެވެ. މުބާރާތުގައި ރާއްޖެ އާއި އަފްގާނިސްތާނާއި ބަންގްލަދޭޝްގެ އިތުރުން ޕާކިސްތާނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޕާކިސްތާނާއި ބަންގްލަދޭޝް އެވެ. ދެވަނަ މެޗުގައި ވާދަކުރާނީ ރާއްޖެ އާއި އަފްޣާނިސްތާނެވެ. މުބާރާތުގެ
ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ރާއްޖެ ކުޅޭ މެޗުގެ ކުރިންނެވެ.
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުޅޭނީ ގަލޮޅު ދަނޑުގަ އެވެ. އަދި މެޗްތައް ޕީއެސްއެމުން ދައްކާނެ އެވެ.