ނުލިބިހުރި ފައިސާ ހޯދަން ކުރަމުން އަންން މަސައްކަތުގެ ދަށުބް މިދިޔަ މަހު 543 މިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ބުނެފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާގެ މިދިޔަ މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިދިޔަ މަހު 543 މިލިޔަން ރުފިޔާ ހޯދާފައިވާ އިރު، އެ ފައިސާ ހޯދާފައިވަނީ ނޯޓިސް ފޮނުވައިގެންނާއި ޑިއުސް ކްލިއަރެންސް އަދި އިސްޓޯލްމަންޓް އެއްބަސްވުންތަކުގެ އިތުރުން އެކްސްޝަން ޕޮލިސީގެ ދަށުންނެވެ.
މީރާ އިން ފައިސާ ހޯދަން ފިޔަވަޅުތައް:
* ނޯޓިސް ފޮނުވައިގެން: 372 މިލިއަން ރުފިޔާ
* ޑިއުސް ކްލިއަރެންސް: 96 މިލިއަން ރުފިޔާ
* އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން: 64 މިލިއަން ރުފިޔާ
* ހަނދާންކޮށް ދިނުމަށް ކުރި ފޯނު ކޯލުތަކުން: 5 މިލިއަން ރުފިޔާ
އެކްޝަން ޕޮލިސީ: 4 މިލިއަން ރުފިޔާ
މީރާ އިން ވަނީ މިދިޔަ މަހު ވެސް ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އިންކަމް ޓެކުހާއި، ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ބަޔާން ހުށަނާޅާ 48 ފަރާތެއްގެ ނަން އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ހިމެނެނީ 2024 ގެ ޑިސެންބަރު މަހުގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކެވެ.