Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ބަނގުރަލާ އެކު ޒުވާނަކު ހައްޔަރަށް

ޅ. ނައިފަރަށް ބަނގުރާ އެތެރެކުރި ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ނައިފަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނެއްގައި އިއްޔެ ހައްޔަރުކުރީ ކ. ކާށިދޫ، ވިލާރަތްލާގޭ އިބްރާހީމް ތިހްނާން ޒަހީން 18، އެވެ. ފުލުހުން ބުނީ އޭނަގެ އަތުން ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިބްރާހީމް ތިހްނާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 10 ދުވަސް ޖަހައިފަ އެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.