Last Updated: July 22, 18:06
Thursday, July 23, 2026
ރިޕޯޓް

މައްކާގައި އުޅޭއިރު ކުރެވޭތޯ ބަލަންވީ 7 ކަމެއް!

މައްކާއަކީ މާތް ގެ ޙަޟްރަތުގައި އެންމެ ލޮބްވެތިކަންބޮޑުވެގެންވާ ބިމެވެ. ކޮންމެވެސް ދުވަހަކުން މި ބިމަށް އައުމަށް ކޮންމެ މުސްލިމަކުވެސް އުއްމީދުކުރެއެވެ. ތިބާއަށް މައްކާއަށް އާދެވިއްޖެނަމަ، ތިބާ ގިނަކުރާންވީ ކޮންކޮން ހެޔޮ ޢަމަލުތަކެއް ހެއްޔެވެ؟ ސުވާލުގެ ޖަވާބު ހޯއްދެވުމަށް އަރޓިކަލް ވިދާޅުވެލައްވާށެވެ.

މައްކާގައި ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު، އެހެން ރަށްރަށުގައި އެ ޢަމަލުތައްކުރުމަށްވުރެ ބޮޑުވެގެންވެއެވެ. މި ގޮތުން މައްކާގައި އުޅުއްވާއިރު، ތިރީގައިމިވާ ހެޔޮ ޢަމަލުތައް ގިނަކުރެވޭތޯ ބައްލަވާށެވެ.

1. ޠަވާފްކުރުން

ﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި އަބްދުއްﷲ ބިން ޢުމަރު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރައްވާތީ ތިމަން އަޑުއެހީމެވެ.

«مَنْ طَافَ بِالْبَيْتِ سَبْعًا يُحْصِيهِ، كُتِبَتْ بِكُلِّ خُطْوَةٍ حَسَنَةٌ، وَمُحِيَتْ عَنْهُ سَيِّئَةٌ، وَرُفِعَتْ لَهُ دَرَجَةٌ، وَكَانَ لَهُ عَدْلُ رَقَبَةٍ» (مسند أبي داود)

”ތަވާފުކުރާ އިރު ފިޔަވަޅު އެޅުމަށްފަހު ފިޔަވަޅުނަގާ ކޮންމެފަހަރަކު ﷲ ތަޢާލާ އޭނާގެ ކުށްފާފަތަކުގެ ތެރެއިން ފާފައެއްފުއްސަވައެވެ. އަދި އޭނާއަށްޓަކައި ހެޔޮކަމެއް ލިޔުއްވައެވެ. އަދި އަޅަކު މިނިވަންކުރުމުގެ ޘަވާބުފަދަ އަޖުރު އޭނައަށް ލިބެއެވެ.”

2. ސުންނަތް ނަމާދުތައް ގިނަގިނައިން ކުރުން

މައްކާގައި އުޅުއްވާއިރު ގިނަގިނައިން ސުންނަތް ނަމާދުކުރެއްވުން ވަރަށް ބޮޑަށް އެދެވިގެންވެއެވެ.

ޖާބިރުގެފާނު ރިވާ ކުރައްވައިފައިވެ އެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

«صَلَاةٌ فِي مَسْجِدِي هَذَا أَفْضَلُ مِنْ أَلْفِ صَلَاةٍ فِيمَا سِوَاهُ، إِلَّا الْمَسْجِدَ الْحَرَامَ، وَصَلَاةٌ فِي الْمَسْجِدِ الْحَرَامِ أَفْضَلُ مِنْ مِائَةِ أَلْفِ صَلَاةٍ فِيمَا سِوَاهُ» (مسند أحمد)

”ތިމަންކަލޭގެފާނުގެ މިމިސްކިތުގައި ކުރާ ނަމާދުގެ ސަވާބު އެނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެއްހާސް ގުނަ އިތުރުވެގެންވެއެވެ. މަސްޖިދުލްޙަރާމް ފިޔަވައެވެ. މަސްޖިދުލް ޙަރާމް ގައި ކުރާ ނަމާދުގެ ސަވާބު އެނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެއްލައްކަ ގުނަ އިތުރުވެގެންވެއެވެ.”

3. ދަމުނަމާދު ކުރުން

عن أبي هريرة أن رسول صلى الله عليه و سلم قال ينزل ربنا كل ليلة إلى السماء الدنيا حين يبقى ثلث الليل الآخر فيقول من يدعوني فأستجيب له ومن يسألني فأعطيه ومن يستغفرني فأغفر له— (صحيح أخرجه البخاري ومسلم )

ކޮންމެ ރެއެއްގެ ވެސް ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށް ފައިބާވަޑައިގެން ބަސް ވަޙީކުރައްވާނެތެވެ.

[ތިމަން ރަސްކަލާނގެއަށް ދުޢާ ކުރަނީ ކާކު ހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަން ރަސްކަލާނގެ އިޖާބަ ކުރެއްވުމަށެވެ.

ތިމަން ރަސްކަލާނގެ ޙަޟްރަތުން ކަމަކަށް އެދި ސުވާލު ކުރަނީ ކާކު ހެއްޔެވެ؟ ފަހެ އޭނާ އެދޭ ކަންތައް އޭނާއަށް ދެއްވުމަށެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެނީ ކާކު ހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަން ރަސްކަލާނގެ ފުއްސެވުމަށެވެ.]

ދަމުނަމާދު ކުރުމުގެ ފައިދާތަކުގެ ތެރޭގައި މާތް އާ ކުއްތަންވުމާއި، ފާފަތައް ފުހެވިގެންދިޔުމާއި، ފާފަތައް ކުރުމާއިމެދު ހިތުގައި ނަފުރަތުކަމެއް އުފެދިގެންދިޔުމާއި، އުޚުރަވީ ނިޢުމަތްތަކަށް ޝައުޤުވެރިވުމާއި، ދުޢާތައް އިޖާބަވުމާއި، މޫނު އުޖާލާވުމާއި، ހިތް އަލިވުމާއި، ޝަޚްޝިއްޔަތު ހަރުދަނާވުމާއި އަދި ބަލިތަކަށް ޝިފާލިބުން ހިމެނެއެވެ.

ދަމުނަމާދުގެ ވަޤުތުތައް މަސްޖިދުލް ޙަރަމްގައި ހޭދަކުރުމުން ގެފުޅު ފެންނަ ހިސާބުގައި ތިބާގެ ޙާޖަތްތައް ފުއްދަވައި ދެއްވުން އެދި ގެ ޙަޟްރަތުގައި ދެންނެވޭނެ އެވެ.

4. ތިމާގެ އަމިއްލަ ނަފްސަށާއި ގާތްތިމާގެ މީހުންނަށާއި ރަޙްމަތްތެރިންނަށް ހެޔޮ ދުޢާކުރުން

ޙައްޖުގެ މަޝާޢިރުތަކުގަޔާއި ގެފުޅު ފެންނަ ހިސާބުގައި ކުރެވޭ ދުޢާތައް އިޖާބަވާނެ ކަމުގައި ޙަދީޘްފުޅުތައް އައިސްފައިވެއެވެ. މީގެ އިތުރުން ޢަރަފާތުދުވަހުގައްޔާއި، ޖަމްރާތަކަށް ހިލައުކުމަށްފަހު ކުރާ ދުޢާތަކާއި އަދި ޠަވާފްކުރަމުންދާއިރު ކުރާ ދުޢާތަކާއި ސަޢުޔުގެތެރޭގައި ކުރެވޭ ދުޢާތައް އިޖާބަ ވާނެ ކަމުގައިވެސް ޙަދީޘްފުޅުތައް އައިސްފައިވެއެވެ.

އެހެންކަމުން މި ފުރްޞަތު ތަކުގެ ބޭނުން ހިއްޕަވާ، ތިމާގެ އަމިއްލަ ނަފްސަށާއި ގާތްތިމާގެ މީހުންނަށާއި ރަޙްމަތްތެރިންނަށް ހެޔޮ ދުޢާކުރުން ގިނަ ކުރައްވާށެވެ.

5. ޒަމްޒަމްފެން ބުއިން

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ؛ (صحيح) ((مَاءُ زَمْزَمَ لِمَا شُرِبَ لَهُ)). [رواه أحمد وابن ماجه، وصححه الألباني في الإرواء رقم:١١٢٣]

މާނައީ: “ޒަމްޒަމްފެންވަނީ އެބުއިކަމަކަށެވެ.”

އެހެންކަމުން ތިމާގެ ޙާޖަތްތައް ފަހިވުން އަދައިގެން ގިނަގިނައިން ޒަމްޒަމްފެން ބޯށެވެ.

6. ޒިކުރާއި އިސްތިޣްފާރު ގިނަގިނައިން ކުރުން

ޒިކުރުކުރުމުގެ ގޮތުން ޤުރުއާންކިޔެވިދާނެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްކުރައްވާފައިވެ އެވެ؛ [تَعَلَّمُوا الْقُرْآنَ وَاتْلُوهُ، فَإِنَ اللَّهَّ يَأْجُرُكُمْ عَلَى تِلَاوَتِهِ بِكُلِّ حَرْفٍ عَشْرَ حَسَنَاتٍ، أَمَا أَنِّي لاَ أَقُولُ الْم حَرْفٌ ، وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ ] (رواه الترمذي)

ތިޔަބައިމީހުން ޤުރުއާން އުނގެނިދަސްކުރާށެވެ. އަދި އެ ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ސަވާބު ލިބޭނެއެވެ. (الم) ކިޔުމުން ދިހަ ސަވާބުލިބޭނެ ކަމުގައި ތިމަންކަލޭގެފާނު ވިދާޅުނުވަމެވެ. އެހެނެއްކަމަކު أَلِف އަކީވެސް އަކުރެކެވެ. لَام އަކީވެސް އަކުރެކެވެ. مِيم އަކީވެސް އަކުރެކެވެ. (އެހެންކަމުން އެއިން ކޮންމެ އަކުރަކަށްވެސް ދިހަ ސަވާބުލިބޭނެއެވެ.(

ޤުރުއާންކިޔެވުމުގެ އިތުރުން ކުރެވިދާނެ ބައެއް އެހެން ޒިކުރުތަކުގެ ތެރޭގައި:

مَنْ قَالَ سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ غُرِسَتْ لَهُ نَخْلَةٌ فِي الْجَنَّةِ

މާނަ: ”ހުރިހާ އުނި ސިފައަކާއި ކަމަކުން، މަތިވެރިވަންތަ މާތް ﷲ ހުސް ޠާހިރުވެވޮޑިގެންވެއެވެ. އަދި ހުރިހާ ޙަމްދެއް ހުރީ އެކަލާނގެއަށެވެ. މިފަދައިން ބުނެފި މީހަކަށް ސުވަރުގޭގައި ކަދުރު ރުކެއް އިންދިއްޖެއެވެ.” ( ޞަޙީޙް އައްތިރްމިޛީ)

«كَلِمَتَانِ حَبِيبَتَانِ إِلَى الرَّحْمَنِ، ثَقِيلَتَانِ فِي الْمِيزَانِ، خَفِيفَتَانِ عَلَى اللِّسَانِ: سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ»

ރަޙްމާންވަންތަ ﷲގެ ހަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދެކަލިމައެއްވެއެވެ. އެ ދެކަލިމަ މީޒާނުގައި ބަރުވެގެންވެއެވެ. އަދި ދުލަށް ލުއިވެގެންވެއެވެ. (އެއީ ކިޔާލަން ފަސޭހަ ދެކަލިމައެވެ.) އެ ދެކަލިމައަކީ

އިސްތިޣްފާރު ކުރެވިދާނެ ފަސޭހަ ގޮތެއް

أستغفرالله‎‎ وأتوب إليه

މާނަ: ޔާ ﷲ. މިއަޅާގެ ފާފަތައް ފުއްސަވާނދޭވެ. އަދި މިއަޅާ އިނބަ ﷲއަށް ތައުބާވަމެވެ.

.7 ޞަދަޤާތް ކުރުން

މައްކާއިން އުޅޭއިރު ގިނަގިނައިން ޞަދަޤާތްކުރައްވާށެވެ. ފައިސާއިންނާއި ފައިސާއިން ނޫންގޮތްގޮތުންނެވެ.

عن أبي ذر رضي الله عنه أيضاً: أن ناساً من أصحاب رسول الله (صلى الله عليه وسلم) قالوا للنبي (صلى الله عليه وسلم) : يا رسول الله ذهب أهل الدثور بالأجور، يصلّون كما نصلي، ويصومون كما نصوم، ويتصدقون بفضول أموالهم، قال: “أو ليس قد جعل الله لكم ما تصدقون؛ …وأمر بالمعروف صدقة، ونهي عن منكر صدقة… “. (رواه مسلم)

މާނަ: ހަމަކަށަވަރުން މުހާޖިރިއްޔަ ބޭކަލުންގެ ތެރެއިން ފަޤީރުން ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އައެވެ. ފަހެ އެބޭކަލުން ދެންނެވިއެވެ. މުދާވެރިން ތިމަންމެންނަށްވުރެ ކުރިއަރާގޮސް އެތައް ދަރަޖަތަކާއި ނިޢުމަތްތަކެއް ހާޞިލުކޮށްފިއެވެ. އެމީހުން ތިމަންމެން ނަމާދުކުރާ ފަދައިން ނަމާދުކުރެއެވެ. އަދި ތިމަންނާމެންނާއި އެއްފަދައިން ރޯދަ ހިފައެވެ. އަދި މުދާވެރިކަމުން ގިނަގިނައިން ޞަދަޤާތްދެއެވެ. އެހިނދު ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. އަދި ހަމަކަށަވަރުން ޞަދަޤާތްކުރާނެ މަގުތައް ތިޔަބައިމީހުންނަށްޓަކައި މާތްﷲ މަގުފަހިކޮށްނުދެއްވާހެއްޔެވެ؟

(މިގޮތުން ފައިސާ ހޭދަނުކޮށް ޞަދަޤާތްކުރެވިދާނެ ބައެއް ގޮތްތައް ޒިކުރުކުރެއްވިއިރު ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.)

އަދި ހެޔޮކަންކަންކުރުމަށް އެހެންމީހުންނަށް ބާރުއެޅުމަކީވެސް ޞަދަޤާތެކެވެ. އަދި މުންކަރާތެއްމަނާކުރާ ކޮންމެފަހަރަކު އެކުރެވެނީވެސް ޞަދަޤާތެކެވެ. ”

އެހެންކަމުން މައްކާގައި ހޭދަކުރާ ދުވަސްވަރު ޚާއްސަގޮތެއްގައި މިކަމަށް އިތުރު ސަމާލުކަމެއްދީ، ތިބާގެ އަނިބިދަރީންނަށާއި ގާތްތިމާގެ މީހުންނަށާއި އެކުވެރިންނަށް ދީނުގެ ވާޖިބުތައް އަދާކުރުމަށާއި ފާފަތަކުން ދުރުވުމަށް ވަޞިއްޔަތްކުރަންވާނެއެވެ.

މައްކާގައި ކުރެވޭ ހެޔޮ ޢަމަލުތަކުގެ އަޖުރު އިތުރުވާއިރު، މައްކާގައި ކުރެވޭ ފާފަތަކުގެ އަޒާބުވެސް ބޮޑުވެގެންވެއެވެ.

މައްކާގައިހުރެ އުރެދުމަކަށް އަރައިގަތުމަށް ބޭނުންވެ އެކަމަށް ހަމައެކަނި ނިޔަތްގަނެފި މީހާއަށްވެސް ﷲ ތަޢާލާވަނީ ބޮޑުވެގެންވާ ވަޢީދަކުން ވަޢީދުބަސްފުޅު ވަޙީކުރައްވައިފައެވެ.

إِنَّ الَّذِينَ كَفَرُوا وَيَصُدُّونَ عَن سَبِيلِ اللَّـهِ وَالْمَسْجِدِ الْحَرَامِ الَّذِي جَعَلْنَاهُ لِلنَّاسِ سَوَاءً الْعَاكِفُ فِيهِ وَالْبَادِ ۚ وَمَن يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ أَلِيمٍ ﴿٢٥﴾

”ހަމަކަށަވަރުން ކާފިރުވެ ﷲގެމަގުން މީސްތަކުން އެއްކިބާކުރާ މީހުންނާއި، އަދި އެތާނގައި ޤާއިމުވެހުންނަ މީހާއާއި، ބޭރުން އަންނަމީހާއާއި ހަމަހަމަވާގޮތުން، މިސްތަކުންނަށްޓަކައި ތިމަންރަސްކަލާނގެ ލެއްވި މަސްޖިދުލް ޙަރާމްއިން މީސްތަކުން އެއްކިބާކުރާ މީހުންނާއި، އަދި އެތާނގައި އަނިޔާވެރިކަމާއެކު،ދީނާއި ޚިލާފުގޮތްތައް އުފައްދަން އުޅޭމީހާއަށް ތިމަންރަސްކަލާނގެ ވޭންދެނިވި އަޒާބު ދެއްވާ ހުށީމެވެ.” ސޫރަތުލް ޙައްޖު 25

މި އާޔަތުގައި މިވާ އިލްޙާދުގެ މާނައިގެ ތެރެއަށް އެންމެހާ ފާފަތަކާއި އުރެދުންތައް ވަންނާނެކަމުގައި ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

ނިކަން ވިސްނަވާށެވެ. މައްކާގައިހުރެ އުރެދުމަކަށް އަރައިގަތުމަށް ބޭނުންވެ އެކަމަށް ހަމައެކަނި ނިޔަތްގަނެފި މީހާއަށްވެސް ﷲ ތަޢާލާވަނީ ބޮޑުވެގެންވާ ވަޢީދަކުން ވަޢީދުބަސްފުޅު ވަޙީކުރައްވައިފައިވާއިރު، އެފަދަ ފާފަތަކަށް އަރައިގަންނަ މީހާގެ ޙާލަކީ ފަހެ ކޮބައިތޯއެވެ؟

މައްކާއަށް އައުމުގެ ނަސީބުލިބޭ ކޮންމެ މީހަކުވެސް އެކިއެކި އަޅުކަމުގައި ޝާމިލުވެވޭތޯ ބަލަންވާނެއެވެ. މިސާލަކަށް ތަވާފުކުރުން، ނަމާދުކުރުން، ޒިކުރުކުރުން، ދުޢާކުރުން، ޤުރުއާން ކިޔެވުން، އެހެންމީހުންނަށްޓަކައި ދުޢާކޮށްދިނުން، ޢިލްމު އުނގެނުން އަދި ޒިކުރުގެ މަޖްލިސްތަކަށް ހާޟިރުވުންފަދަ ކަންކަމުގައެވެ.

އަދި ފާފަތަކުން ދުރުވާން ޖެހޭނެއެވެ. މައްކާއިން އެނބުރި ޤައުމަށް ދާންވާނީ ޢުމުރުގެ ބާކީއޮތް ބައި މާތް ﷲއަށް ކިޔަމަންތެރިކަން އަދާކުރުންމަތީ ހޭދަކުރުމުގެ މަތިވެރި ޢަޒުމުގައެވެ.

ޙައްޖަށް ނުވަތަ ޢުމްރާއަށް ވަޑައިގަންނަވާ ދޮށީ ޢުމުރުގެ ބޭފުޅުންނާއިވެސް މި ލިޔުން ޙިއްސާކޮށްލައްވާށެވެ. އޭރުން އެބޭފުޅުން ކުރައްވާ ޢަމަލުތަކުގެ ޘަވާބު ތިބޭފުޅުންނަށްވެސް ލިބޭނެއެވެ. إن شاء الله

قال رسول الله صلى الله عليه وسلم: (مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ) (صحيح مسلم, 133-1893)

މާނައަކީ: ”ހެޔޮ ކަމަކަށް މަގު ދައްކައިފި މީހަކަށް އެކަން ކުރާ މީހާއަށް ލިބޭ ފަދަ އަޖުރާއި ޘަވާބު ހުއްޓެވެ.

މަސްދަރު: އިލްމު.އެމްވީ