Last Updated: July 12, 06:09
Sunday, July 12, 2026
ޚަބަރު

ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ ނާޒިމްއާ ވާހަކަދައްކަން

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއާ ވާހަކަދައްކަވަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފައިވާއިރު، އެ ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

ނަޝީދުގެ ނުރަސްމީ އެކައުންޓު، "މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ މަޖިލީހުގެ ނައިބު ރައީސް ނާޒިމްއާ ވާހަކަދެއްކެވުމަށް ކަމަށް ހަބަރު ލިބޭ ކަމަށެވެ.

"ނާޒިމް، ޑރ. މުއިއްޒުއާ ވާހަކަ ދައްކަވާނެ ކަމަކަށް ލަފައެއް ނުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު ދާދިފަހުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފަ އެވެ. އަދި ބެލެވޭ ގޮތުގައި މި ހަފްތާގައި ބާއްވާ މަޖިލީހުގެ ޖަލްސާގައި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ އެވެ.

ނާޒިމް ވަކިކުރުމަށް ޕީއެންސީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މަޖިލީހުގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލުމަށް އޭނާ ތަކުރާރުކޮށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ. އެ ގަރާރުގައި ޕީއެންސީގެ 73 މެންބަރަކު ސޮއިކުރައްވާފައިވެ އެވެ.