Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ޢީދު ބަންދުގައި މިފްކޯއިން މަސް ނުގަންނާނެ

އަޟްހާ ޢީދުގެ ބަންދު ތެރޭގައި މިފްކޯގެ ފެސިލިޓީތަކުން މަސް ނުގަންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރުގެ މަސް ކުންފުނި ބުނީ ފިޠުރު އީދުގެ މުނާސަބަތާއި ގުޅިގެން މިއަދާއި މާދަމާ އަދި ބުދަ އަދި ބުރާސްފަތި ދުވަހު ކުންފުނީގެ ފެސިލިޓީތަކާއި ބޯޓުތަކުން މަސް ނުގަންނާނެ ކަމަށެވެ. އަދި އެ ދުވަސްތަކުގައި މިފްކޯގެ ސެންޓަރުތަކުންނާއި، އައިސް ޕްލާންޓުތަކުން އައިސްވެސް ނުވިއްކާނެ ކަމަށް ބުންޏެވެ.

މިފްކޯއިން ބުނީ އީދު ބަންދަށްފަހު ދެން ޖެހޭ ހުކުރު ދުވަހަކީ އާންމުކޮށް އެ ކުންފުނިން މަސް ނުގަންނަ ދުވަހަކަށްވުމާއެކު ދެން އެކުންފުނީގެ ފެސިލިޓީތަކާއި، އައިސް ޕްލާންޓްތައް ހުޅުވައި ޚިދުމަތް ދޭން ފަށާނީ މި މަހުގެ 30 ގައި ކަމަށެވެ. އަދި ބޯޓުފަހަރުންނާއި، ފެސިލިޓީތަކުން މަސް ގަންނަން ފަށާނީ ހޮނިހިރު ދުވަހު ކަމަށް ބުންޏެވެ.