އިިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ދިވްޔަންކާ ޓްރިޕްތީ އަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ.
އޭނަ ވިހޭކަން މިއަދު އިއުލާންކޮށް، ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ލިބުނީ ދެ ފިރިހެން ކުދިން ކަމަށެވެ.
ބަލިވެއިންތާ މަސްތަކެއް ފަހުން، ދިވްޔަންކާ މަޔަކަށްވާން އުޅޭކަން އިއުލާންކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭނާ ވިހޭ ޚަބަރު އިއުލާންކުރުމާ އެކު ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.
ދިވްޔަންކާ މަޔަކަށްވެފައި މި ވަނީ ކައިވެނިކުރިތާ 10 އަހަރު ފަހުންނެވެ. ދިވްޔަންކާ، 41، އާއި އެކްޓަރު ވިވެކް ދަހިޔާ، 41، ކައިވެނިކުރީ 2016 ގަ އެވެ.
ދިވްޔަންކާ އަކީ މަގުބޫލު ސިލްސިލާތައް ކަމަށްވާ 'ޔޭ ހޭ މުހައްބަތޭ' އާއި 'ބަނޫ މޭ ތޭރީ ދުލްހަން' އަދި 'ތޭރީ މޭރީ ލަވް ސްޓޯރީ' ގެ ބަތަލާ އެވެ.