Last Updated: July 22, 12:00
Wednesday, July 22, 2026
ދުނިޔެ

ނަތަންޔާހޫ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންހާޔޫ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ ރޭގެ ވަގުތެއްގައި އޭނަ އެޑްމިޓްކުރީ ހަދަސާ އައިން ކެރީމް ހޮސްޕިޓަލްގަ އެވެ. ނަމަވެސް އަނިޔާވެރި ޔަހޫދީ ދައުލަތުގެ ވެރިޔާ އެޑްމިޓްކުރީ ސީދާ ކޮން ކަހަލަ ސިއްހީ މައްސަލައެއް ދިމާވެގެން ކަމެއް އިޒްރޭލުގެ ރަސްމީ އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.

އެކަމަކު މީޑިއާތަކުން ބުނީ އުމުރުން މިހާރު 76 އަހަރުގެ ނަތަންޔާހޫ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ދަތުގެ ފަރުވާއަކަށް ކަމަށެވެ.

އޭނަ އަށް ދާދި ފަހުން ކެންސަރު ޖެހިގެން ވެސް ފަރުވާ ދީފައިވެ އެވެ.