ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އަނެއްކާ ވެސް ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
އާދީއްތަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ފަޒްލީ ރަބީ، 25، އާއި، އެމްޑީ ޝަހަޖަން ސަވަލް، 36، އެވެ.
ފުލުހުބް ބުނީ އެ ދެ މީހުން ހައްޔަރުކުރީ ސަފާރީއެއް ބަލައި ފާސްކޮށް ކަމަށެވެ.
އެ މީހުން ހައްޔަރުކޮށް އެ ސަފާރީ ބަލައިފާސްކުރިއި ރު 207 ފުޅި ބަނގުރަލާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ 4.43 ގުރާމްގަ ތަކެތި ފެނިފައިވެއެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ އާއި ޔޫއެސް ޑޮލަރު ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ވަނީ ޖަހައިފަ އެވެ.