Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

މި މަހު މާލެ ސަރަހައްދުން ހިމަބިހީގެ 6 ކޭސް

މި މަހުގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިއްސަށް 6 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެތަނުން ބުނީ މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 9 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިމަހުގެ ތެރޭގައި މާލޭ ސަރަޙައްދުން 6 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެ ތެރެއިން 5 ކޭހެއް އިންވެސްޓިގޭޓް ކުރަމުން އަންނަ ކަމަށާއި، އެ ކޭސްތަކާ ގުޅުން ހުރި 128 ކޮންޓެކްޓުން ދެނެގަނެވިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެތަނުން ވަނީ، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފި ނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ.

އެޗްޕީއޭ އިން ވަނީ މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގަ އާއި އަދި އަވަށްޓެރި ގައުމުތަކުގައި ވެސމި ބަލި ފެތުރޭ މިންވަރު އިތުރު ދުވަސްވަރެއްކަމުން ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަ ފަށައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފަ އެވެ.

ހިމަބަހީގެ އާ ކޭސްތަކެއް ފެނިފައިވާ އިރު، މި ބައްޔަކީ ރާއްޖެ އިން ނައްތާލެވިފައިވާ ބައްޔެއް ކަމަށް 2017 ގައި އޮތީ ކަނޑައަޅައިފަ އެވެ.