ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ އާ މަދަހެއް ބޮޑު އީދަށް ހާއްސަކޮށްގެން ނެރެފި އެވެ.
"ޢީދު މުބާރަކު" ގެ ނަން ދީފައިވާ މި މަދަހަ ވީޑިއޯއާ އެކު އާންމުކޮށްފައިވާ އިރު، ކުޑަކުދިންތަކެއް ވެސް މަދަހައިގެ ކޯރަސްގައި ހިއްސާވެފައިވެ އެވެ. "ޢީދު މުބާރަކު" މަދަހައިގެ ޅެން ހެދީ މީގެ ކުރިން ވެސް އަލީ ރަމީޒް ކިޔާފައިވާ ބައެއް މަދަހަތަކުގެ ޅެން ހައްދަވާފައިވާ އާދަމް ހަލީމް އަދުނާނެވެ. އަދި މި ޅެމުގެ މެލޮޑީ ހެދީ އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ) އެވެ.
"ޢީދު މުބާރަކު" މި މަދަހަ އަކީ 13 އަހަރަށް ފަހު ރިލީޒްކުރި އަލީ ރަމީޒުގެ ފުރަތަމަ ޢީދު މަދަހަ އެވެ. ތޭރަ އަހަރު ކުރީން އަލީ ރަމީޒު ވަނީ "ތަހާނީ" ނަމުގައި އީދު މަދަހަ އަލްބަމެއް ނެރެފަ އެވެ.
އަލީ ރަމީޒަކީ މިހާރު ދީނީ ދައުވަތު ފެތުރުމާއި ދީނީ ހޭލުންތެރިކަން އުފެއްދުމުގެ މަސައްކަތުގައި ވަރަށް އިސް ރޯލެއް އަދާކުރަމުން އަންނަ މީހެކެވެ. އެގޮތުން އެކި ރަށްރަށަށް ޒިޔާރަތްކޮށް، ދީނީ ގޮތުން ހޭލުންތެރިކަން އުފައްދަން ތަފާތު ހަރަކާތްތައް އޭނަ އަންނަނީ ހިންގަމުންނެވެ.
އަދި އެފަދަ ހަރަކާތްތައް މިހާރު ހިންގަމުން އަންނަނީ އޭނަގެ މަންފާ ޖަމިއްޔާ އިސްކޮށް އޮވެ އެވެ،