އީދުގައި އެކުވެރިކަން އަލުން އިޔާދަކުރަންޖެހޭ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
އަޟްޙާ ޢީދުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ޙައްޖުގެ މަތިވެރި ދުވަހު ލިބޭ ފިލާވަޅުތަކުން ހެޔޮކަން ލިބިގަނެ، އަޟުޙާ ޢީދުގައި އެކުވެރި، ބާރުވެރި ބަޔަކަށް ވާންޖެހޭ ކަމަށެވެ.
"އިއްޔެގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރާށެވެ. އެކަކު އަނެކަކަށް ހެޔޮ އެދޭގޮތުން މަތިވެރި އަމާން ސަލާމަކުން ސަލާމް ކޮށްލާށެވެ. އެކުވެރި ކަމަކީ ގަދަފަދަ ބާރެކެވެ،" ނައިބު ރައީސް ވިދާޅުވި އެވެ.
ޙައްޖުގެ މަތިވެރި ދުވަހު ލިބޭ ފިލާވަޅުތަކުން ހެޔޮކަން ލިބިގަނެ، އަޟުޙާ ޢީދުގައި އެކުވެރި، ބާރުވެރި ބަޔަކަށް ވާށެވެ. އިއްޔެގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރާށެވެ. އެކަކު އަނެކަކަށް ހެޔޮ އެދޭގޮތުން މަތިވެރި އަމާން ސަލާމަކުން ސަލާމް ކޮށްލާށެވެ. އެކުވެރި ކަމަކީ ގަދަފަދަ… pic.twitter.com/bvQ6dSWNzI
— Hussain Mohamed Latheef (@HucenSembe) May 26, 2026
އަޟްޙާ ޢީދަކީ، މުސްލިމުންނަށް އަންނަ ބޮޑު 2 ޢީދުގެ ތެރެއިން ޙައްޖުގެ އަޅުކަމަށްފަހު ފާހަގަކުރާ ޢީދެވެ.