އާސެނަލަށް 22 އަހަރު ފަހުން އިނގިރޭސި ޗެމްޕިއަންކަން ހޯދައިދިން ސްޕެއިންގެ މިކޭލް އާޓެޓާއަށް މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ލިބިއްޖެ އެވެ.
ކްލޮޕް އެވޯޑް ހޯދީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް އާއި ބޯންމަތްގެ ކޯޗު އެންޑޮނީ އިރައޯލާގެ އިތުރުން ބްރެންޓްފޯޑުގެ ކޯޗު ކީތް އެންޑްރޫސްއާ ވާދަކޮށެވެ.
އާސެނަލް ލީގު ޗެމްޕިއަންކަން ހޯދީ ދެ ވަނައިގައި ނިންމާލި މެންޗެސްޓާ ސިޓީ އަށް ވުރެ 7 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އެގޮތުން ކުޅުނު 38 މެޗުގެ ތެރެއިން 26 މެޗުން މޮޅުވެ 85 ޕޮއިންޓް ހަމަކުރި އެވެ.
Guiding Arsenal to their first Premier League title in 22 years 🔝
Mikel Arteta is your @barclaysfooty Manager of the Season 👏 pic.twitter.com/9sWZjCVBZT
— Premier League (@premierleague) May 26, 2026
އެންމެ ފަހުން އާސެނަލްއިން ލީގުގެ ޗެމްޕިއަންކަން 04-2003ގައި ހޯދީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. އެއީ މިހާތަނަށް ޕްރިމިއަ ލީގުގައި އެއްވެސް ޓީމަކަށް ހެދުނު ރެކޯޑެއް ނޫނެވެ.
އާސެނަލަށް ކުރިއަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހުގެރޭ ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލެވެ. އާސެނަލަށް މި މުބާރާތް މިހާތަނަށް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.