Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ފުލުހުންގެ ކާރެއް ހޮޅިދަނޑިއަކަށް އަރައިފި

ފުލުހުންގެ ކާރެއް ކޮންޓްރޯލުން ނައްޓާލައި މަގެއްގެ މަތީގައި ހުރި ހޮޅިދަނޑިއަކަށް އަރައި ގެއްލުންތަކެއްވެއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭ ނ. ކެނދިކުޅުދޫގަ އެވެ.

ފުލުހުން ބުނީ އެ ރަށު ފުލުހުންގެ ވެހިކަލެއް އެކްސިޑެންޓްވްކަމުގެ މައުލޫމާތު ލިބުނީ ރޭ 11:15 އެހާކަށްހާ އިރު ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ފުލުހުން ބުނީ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ.