Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

14 އަހަރުގެ ކުއްޖަކު ކަރަންޓްގައި ޖެހި ފަރުވާ ދެނީ

ލ. ގަމުގައި 14 އަހަރުގެ ފިރިހެން ކުއްޖަކު ކަރަންޓުގައި ޖެހި، އިތުރު ފަރުވާ އަށް މިއަދު މާލެ ގެންގޮސްފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައވާ ގޮތުގައި ރޭގެ ވަގުތެއްގައި އެ ހާދިސާ ހިނގީ ޢީދު ކުޅިވަރަށް ތައްޔާރުވުމުގެ މަސައްކަތުގެ ތެރޭގައި މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގަ އެވެ.

އެ ހާދިސާ ހިނގުމާ އެކު އެ ކުއްޖާ ވަގުތުން ގަމު ރީޖަނަލް ހޮސްޕީޓަލަށް ކުއްޖާ ގެންގޮސް ފަރުވާ ދޭން ފެށި އެވެ. ނަމަވެސް، ލިބުނު އަނިޔާތަކާ ގުޅިގެން ކުއްޖާގެ ހާލަތު ގޯސްވުމުގެ ސަބަބުން، ޑޮކްޓަރުން ކުއްޖާ ވަގުތުން ވެންޓިލޭޓަރަށްލި އެވެ.

އެ ކުއްޖާ މާލެ ގެންދިޔައީ މިއަދެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.