ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސުވާލުރި މައްސަލަގައި ޖަލަށްލި "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން މިނިވަންވެއްޖެ އެވެ.
އޭނަގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ވަނީ މިއަދު ދޫކޮށްލައިފަ އެވެ.
ޝަހްޒާންގެ އިތުރުން ގެގް އޯޑަރާ ހިލާފު ޙަބަރެއް ލިޔެގެން "އަދަދު" ގެ ނޫސްވެރިއެއް ކަމަށްވާ ލީވާން އަލީ ނަސީރު ވެސް ޖަލަށްލި އެވެ. އޭނަ ޖަލަށްލީ 10 ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން ދޫކޮކުރީ މި މަހުގެ 22 ގަ އެވެ.
ލީވާނާއި ޝަހްޒާން ޖަލަށްލީ "އަދަދު" ނޫހުން ރައީސް މުއިއްޒުގެ މައްޗަށް ގަޒުފްކޮށް ތުހުމަތު ކުރެވޭ ގޮތަށް ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅޭ ޚަބަރާއި ލިޔެގެންނާއި ސުވާލުކޮށްގެންނެވެ.
އެ ޑޮކިއުމެންޓްރީ މައްސަލައިގައި "އަދަދު" ނޫހުގެ އެޑިޓަރު ހަސަން މުހައްމަދާއި ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ގަޒުފްކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ.