Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ޑްރޯނަކުން ޖަލަށް ޑްރަގް އެތެރެ ކުރަނިކޮށް އަތުލައިގެންފި

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ފުލުހުން ބުނީ އެ ތަކެތި އަތުލައިގަތީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

އެ އޮޕަރޭޝަން ހިންގާފައިވަނީ މާފުށީ ޕްރިޒަން އާއި، މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

މި އޮޕަރޭޝަނާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އޮޕަރޭޝަންގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓް ހޯދާފައިވާ އިރު، އޭގެ ބަރުދަނަކީ 395.92 ގްރާމެވެ.