Last Updated: July 22, 18:06
Thursday, July 23, 2026
ރިޕޯޓް

ގެއާ އެކު ހިތް ވެސް ސާފު ކުރޭ!

"އުޚްތަކު ކިޔައިދިނެވެ. ޛިކްރު ކުރުމުގެ މާތްކަމާއި މަތިވެރިކަން އެނގުމާއެކު، ވީހާވެސް ގިނައިން ޛިކްރު ކުރެވޭތޯ ބަލަމެވެ. އަދި އަބަދާ އަބަދު ޛިކްރުގެ މަތީގައި ހުރުމަށްޓަކައި މަސައްކަތްކުރާ ވަޤުތުވެސް ޛިކްރު ކުރެވޭތޯ ބަލަމެވެ. އެކަން ހަނދާން ނުނެތޭތޯ ލައްކަ މަސައްކަތް ކުރަމެވެ.

އެގޮތުން އަހަރެންގެ ގޭގެ އެކި ތަންތަނަށް އަހަރެން ހުންނާނީ އެކި އެކި ޛިކްރުގެ ނަމުން ނަން ދީފަ އެވެ. އެއީ އެތަންތާނގައި އުޅޭ އިރު ނުވަތަ އެތަންތަން ފޮޅާ ސާފުކުރާ އިރު އެ ޛިކްރުތައް ކުރުމަށްޓަކައެވެ.

ސިޓިންރޫމަށް ނަން ދީފައި ވަނީ ތަކްބީރުގެ ނަމުންނެވެ. ސިޓިންގ ރޫމްގައި އިންނަ އިރު ނުވަތަ ސިޓިންގރޫމް ފޮޅާ ސާފުކުރާ އިރު އަބަދު ވެސް ތަކްބީރު ކިޔުމުގައި ވަޤުތުތައް ހޭދަކުރަމެވެ.

* ނިދާކޮޓަރި ތަހްލީލަށް (ލާއިލާހަ އިއްލަ)
* ބަދިގެ އިސްތިޣްފާރަށް (އަސްތަޣްފިރު)
* ގެއިން ބޭރު ގޯތި ތެރެ ތަޙްމީދަށް (އަލްޙަމްދު ލި)
* މިވެނި ތަނެއް ތަސްބީޙައަށް (ސުބްޙާނަ)

އަބަދާއި އަބަދު ގެ ޛިކްރުން ތިބާގެ ދޫ ތެންމާފައި ބެހެއްޓުމަށްޓަކައި މިފަދަ ގޮތަކަށް ކަންތައް ކުރުމަކީ މައްސަލައެއް ނޫނެވެ. ޛިކްރު ކުރުމަކީ ވަރަށް ފަސޭހަ އަޅުކަމެކެވެ. ފައިސާއެއް ހޭދަކުރަން ނުޖެހޭ، ގިނަ ގުނަ ހަކަތަ ހޭދަކުރަން ނުޖެހޭ، ޠަހާރަތު ޝަރްޠު ނުވާ، ޤިބްލަ ޝަރްޠު ނުވާ، ޢައުރަ ނިވާކުރުން ޝަރްޠު ނުވާ، އެހެން ނަމަވެސް ޘަވާބާއި ދަރުމަ އިންތިހާ އަށް ބޮޑު، ފައިދާ ބޮޑު، ހިތަށް ސާފުތާހިރުކަން ލިބޭ، ހިތަށް ހަމަޖެހުން ލިބޭ އަޅުކަމެކެވެ.

އޭރުން ގެދޮރު ސާފުކުރާ އިރު ތިބާގެ ހިތްވެސް ސާފުވެގެންދާނެއެވެ."

ގެ ޛިކުރުކުރުމުން މޭ ތަނަވަސްވެއެވެ. އަދި ހިތަށް ނިޢުމަތް ލިބެއެވެ. އަދި އެއީ ޢަމަލުތަކުންކުރެ އެންމެ ލުއި ޢަމަލެވެ. އަދި އެންމެ ބޮޑަށް އުފާވެރިކަން ގެނެސްދޭ ކަމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُمْ بِذِكْرِ اللَّهِ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ﴾ [الرعد: 28]

މާނައީ: “އެބައިމީހުންނީ އީމާންވި މީހުންނެވެ. އަދި ހަނދުމަކުރުމުން އެބައިމީހުންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ ހަނދުމަ ކުރުމުން ނޫން ހެއްޔެވެ؟”

ނޯޓް: މިއީ އައިމިނަތު ޝާދިޔާގެ ލިޔުމެކެވެ.