Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

އަލީ މަރާލި މައްސަލައިގެ ތަހުގީގް އަވަސް ކުރުމަށް ގޮވާލައި ބާއްވާ ހިނގާލުން

މިމަހުގެ 2 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު އެއްލާލާފައި އޮތްވާ ފެނުނު ހިތަދޫގެ ވިޔަފާރިވެރިޔާ އަލީ އަބްދުﷲ މަރާލި މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށާއި އަލީ އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ބާއްވާ ހިނގާލުމުގައި ބައިވެރިވުމަށް ހިތަދޫ ސްކޫލް ދޮށަށް މީހުން ޖަމާވަމުން އެބަދެއެވެ.

މިއަދުގެ ހިނގާލުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާއިރު މިއީ އައްޑޫގައި ފާއިތުވި 2 އަހަރު ތެރޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވި ހިނގާލުން ކަން ފާހަގަކޮށްލެވެއެވެ.

ހިނގާލުމުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލާފައި ވަނީ އަލީ އަބްދުﷲ މަރާލި މައްސަލައިގެ ތަހުގީގު އަވަސްކުރުމަށެވެ.