Last Updated: July 23, 10:04
Thursday, July 23, 2026
ކުޅިވަރު

ގޯޑަން ބާސެލޯނާ އަށް ބަދަލުވަނީ

ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ ވިންގާ އެންތޮނީ ގޯޑަން، ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވުމާ ގާތަށް ގޮސްފި އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ޓްރާންސްފާއާ ގުޅޭގޮތުން ބާސާ އާއި ނިއުކާސަލްއާ ދެމެދު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. އެގޮތުން ގޯޑަން ބާސާއަށް ބަދަލުވުމަށް ހަމަޖެހިފައިވަނީ 69.3 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ވޯލްޑް ކަޕަށް އިންގްލެންޑްގެ ގައުމީ ޓީމާއެކު އެމެރިކާއަށް ދިޔުމުގެ ކުރިން މި ޓްރާންސްފާގެ ހުރިހާ ކަމެއް ގޯޑަން ފުރިހަމަ ކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ގޯޑަން ،27، ނިއުކާސަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އަދި ހަތަރު އަހަރު އޮތްއިރު، އޭނާ ނިއުކާސަލްއާ ގުޅުނީ 2023 ވަނަ އަހަރު އެވަޓަން އިން 45 މިލިއަން ޕައުންޑުގެ އަގަކަށެވެ.

ނިއުކާސަލްގައި ހޭދަކުރި މުއްދަތުގައި ގޯޑަން ވަނީ އެޓީމަށް 152 މެޗު ކުޅެދީ 39 ގޯލު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ އެޓީމާއެކު އިނގިރޭސި ލީގު ކަޕެއް ވެސް ކާމިޔާބުކޮށްފަ އެވެ.