Last Updated: July 22, 12:00
Wednesday, July 22, 2026
މުނިފޫހިފިލުވުން

ޑައިރެކްޓަރު ރަގްވަން އަށް ވާހަކައެއްގެ ރައިޓްސް

ތުރިލާތައް ހަދަން ކުޅަދާނަ ބޮލީވުޑްގެ ޑައިރެކްޓަރު ސްރީރާމް ރަގްވަން އާ ފިލްމަކަށް ތައްޔާރުވާކަމުގެ އިޝާރާތެއް ދީފި އެވެ.

މަގުބޫލު ތުރިލާތައް ކަމަށްވާ 'އަންދާދުން' އާއި 'މެރީ ކްރިމަސް' އަދި 'އޭކް ހަސީނާ ތީ' ގެނެސްދިން ޑައިރެކްޓަރު ހިއްސާވާ ސްޓޫޑިއޯ މެޗްބޮކްސް ޝޮޓުން ވަނީ އިއްޔެ ވަނީ ލިޔުންތެރިޔާ ލީނާ ދަންކަރްގެ ވާހަކަ 'ދަ ގުރްގުރަމް ސްކޫލް މާޑާ' ގެ ރައިޓްސް ގަތްކަން އިއުލާންކޮށްފަ އެެވެ.

އެ ވާހަކަ އަކީ ގުރްގްރަމްގެ ސްކޫލެއްގެ ފާހާނާއެއްގެ ތެރޭގައި 7 އަންހެން ދަރިވަރަކު މަރުވެފައި އޮއްވައި ފެނުނު ހާދިސާއާ ގުޅިގެން ހިނގައި ދިޔަ ކަންކަމާއި އެ މަރަށް އިންސާފު ހޯދަން އާއިލާ އިން ކުރި ދަތުރުގެ ވާހަކަ ކިޔައި ދީފައިވާ ވާހައެކެވެ. 'ދަ ގުރްގުރަމް ސްކޫލް މާޑާ' އަށް ފިލްމެއް ހަދަން އޭނަގެ ރައިޓްސް މެޗްބޮކްސް އިން ގަތްކަން އިއުލާންކުރި ނަމަވެސް އެއަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

އެކަމަކު މި ފިލްމު ޑައިރެކްޓް ކުރާނެ ކަމަށް ބެލެވެނީ ރަގްވަން އެވެ.

ބޮލީވުޑްގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އަދި ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ރަގްވަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ފިނި ތަރުހީބެއް ލިބުނު ހަނގުރާމަ ފިލްމު 'އިއްކީސް' އެވެ. މިއީ އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްތިއާ ނަންދާގެ ދެވަނަ ފިލްމެވެ.