Last Updated: July 22, 12:00
Wednesday, July 22, 2026
ދުނިޔެ

ސީރިއާ ހަނގުރާމަ އަށް ދިޔަ އަންހެނަކަށް ދައުވާކޮށްފި

ސީރިއާގެ ހަނގުރާމައިގައި ބައިވެރިވާން ދިޔަ އޮސްޓްރޭލިއާގެ އަންހެނަކަށް އެ ގައުމުން ދައުވާކޮށްފި އެވެ.

ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ބައިނަލްއގްވާމީ ދުނިޔެ އިން ދެކޭ އައިއެސްއާ ގުޅުން އޮންނަ ކަމަށް ބުނެ 34 އަހަރުގެ މީހާ އަށް ކުރި ދައުވާއާ ގުޅިގެން އޭނަ މިއަދު މެލްބަން ކޯޓަށް ހާޒިރު ވާން ޖެހެ އެވެ.

އެ މީހާ ސީރިއާގައި އުޅެފައި އެނބުރި އޮސްޓްރޭލިއާ އަށް ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ އިތުރު އަންހެނާ އެކީގަ އެވެ.

އައިއެސްއާ ގުޅިގެން ސީރިއާ ހަނގުރާމަ އަށް ދިޔަ އިތުރު އަންހެނަކާއި ކުޑަކުދިންތަކެއް މި މަހުގެ ތެރޭގައި ވެސް އެނބުރި އޮސްޓްރޭލިއާ އަށް ގޮސްފައިވެ އެވެ. އެ މީހުންގެ މައްސަލަ ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު ކޯޓަށް ހާޒިރުކުރާ އަންހެން މީހާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން އޭނަގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ މީހާ އަކީ ރައްޔަން އަލް ހޫލީ ކިޔާ މީހެކެވެ. އަދި 2013 އާއި 2014 ގައި އޭނަ ސީރިއާ އަށް ދަތުރުކޮށްފައިވެ އެވެ،. އަދި ކުރުދީންގެ ޖަމާއަތުން އޭނަ އަތުލައިގަތީ 2019 ގަ އެވެ.

އޭގެ ފަހުން އަންހެން މީހާ އުޅުނީ އެ މީހުންގެ ކޭމްޕެއްގަ އެވެ.