ދިވެހި ކަނޑުމަހަށް ޔޫރަޕްގައި ނަގާ ޓެރިފް ކަނޑާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާލުވީ ދިވެހި ކަނޑުމަހަށް ޔޫރަޕްގެ ގައުމުތަކުގެ ބާޒާރުތަކުގައި ނަގާ ޓެރިފް ކަނޑާލުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޔޫރަޕްގެ ގައުމުތަކުގައި ގަނޑުކުރި ދިވެހި ކަނޑުމަހަށް 22 ޕަސެންޓް އަދި މަސްދަޅަށް 24 ޕަސެންޓްގެ ޓެރިފެއް ނަގަ އެވެ.
ދާދި ފަހުން އިނގިރޭސިވިލާތުން ވަނީ އެ ގައުމަށް ރާއްޖެއިން ބޭރުކުރާ ކަނޑުމަހަށް ދެ އަހަރު ދުވަހަށް ޓެރިފް ކަނޑާލުމަށް ނިންމައިފަ އެވެ. މިނިސްޓަރު ވިދާޅުވީ މިކަން ދާއިމީ ކުރުމަށް ވެސް އިނގިރޭސި ސަރުކާރާ އެކު މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށެވެ.