Last Updated: July 22, 12:00
Wednesday, July 22, 2026
މުނިފޫހިފިލުވުން

ކަންގަނާގެ އާ ފިލްމު އަންނަ މަހު

އިންޑިއާގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތުގެ އާ ފިލްމު 'ބާރަތު ބަގިއާ ވިދާތާ' އަންނަ މަހު ރިލީޒް ކުރަން ނިންމައި، އޭގެ މޯޝަން ޕޯސްޓަރެއް ވެސް މިއަދު ދައްކާލައިފި އެވެ.

މަނޯޖް ތަޕާޑިއާ ލިޔެ/ޑައިރެޓްކޮށްފައިވާ މި ވަތަނީ ފިލްމު ސިނަމާތަކަށް ދޫކޮށްލަން ތާވަލުކުރީ އަންނަ މަހުގެ 12 ގަ އެވެ.

މިހާތަނަށް ހަތަރު ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ކަންގަނާގެ އެންމެ ފަހުގެ ފިލްމަކީ އޭނަ ޕްރޮޑިއުސްކޮށް، ޑައިޓްކޮށް އަދި ކުޅެ މިދިޔަ އަހަރު ގެނެސްދިން ތާރީހީ ބައޮގްރަފިކަލް ފިލްމު 'އިމަޖެންސީީ' އެވެ.

ކަންގަނާ އަކީ މިހާރު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ މެންބަރެކެވެ. ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ މެންބަރެއްގެ ގޮތުގައި އޭނަ ތަމްސީލު ކުރަނީ ހިމާަޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާ އެވެ.