އަންނަ މަހު ބާއްވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕޭނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަނެއްކާ ވެސް އައްޑު އަށް ވަޑައިގެންފި އެވެ.
އޭނަ އާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އައްޑު އަށް ވަޑައިގަތީ ރޭގަ އެވެ. މި ދެ ބޭފުޅުންނަކީ ސޮޑާގެ ކެމްޕޭން ލޯންޗްކުރަން މިދިޔަ ހަފުތާގައި ބޭއްވި ޖަލްސާ އަށް ވެސް އައްޑު އަށް ވަޑައިގަތް ޓީމުގައި ހިމެނޭ ދެ ބޭފުުންނެވެ.
އަބްދުއްރަހީމް މިހާރު ގެންދަވަނީ ސޮޑާ ވާދަކުރައްވާ ދާއިރާގައި ދޮރުން ދޮރަށް ހިންގައި، ސައީދަށް ކެމްޕޭންކޮށް ދެއްވަމުންނެވެ.
އަންނަ މަހުގެ 6 ގައި ބާއްވާ ބައި-އިިލެކްޝަންގައި ވާދަކުރައްވަނީ ސޮޑާ އާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުށ ސޯދިގް (ސޯބެ) އެވެ.
އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި މުހައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި މިދިޔަ މަހުގެ 12 ގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ.