Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ޢީދު ފާހަގަކުރާއިރު އިސްލާމީ އަހުލާގަށް ރައްކާތެރިވޭ: ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު

ބޮޑު އީދު ފާހަގަކުރާއިރު އިސްލާމީ އަހުލާގަށް ރައްކާތެރިވާންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްދުށީ މާލި ޕެރޭޑާ ގުޅިގެން އާއްމުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވަނިކޮށް މިނިސްޓަރު ޝަހީމު ވިދާޅުވީ ޢަޟްޙާ ޢީދަކީ އިސްލާމީ އުންމަތަށް ﷲ ދަރުމަކުރެއްވި މަތިވެރި ޢީދެއް ކަމަށާ ޙައްޖުގެ އަޅުކަމާއި ގުޅިގެންނެވެ.

"ޙައްޖުގެ އަޅުކަން މުޅިން ނުނިމެނޭސް، މަޝާޢިރުތަކުގައި ޙައްޖުވެރިން ތަލްބިޔާ ކިޔައި ﷲ އެއްކައުވަންތަކޮށް އެކަލާނގެ ޝިޢާރުތައް މަތިވެރިކުރަމުންދާއިރު، އަދި މުޅި އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ފަސް ނަމާދުގެ ފަހުގައި ތަކުބީރު އަޑު އިވެމުންދާ ހިނދު، ޢީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަޤާފަތާއި ޚިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ،" ޝަހީމު ވިދާޅުވި އެވެ.

މީގެއިތުރުން ކުޅިވަރުކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި އިސްލާމީ ޢީދެއްގެ މަތިވެރިކަން ދަމަހައްޓައި އިސްލާމީ އަޚުލާޤާއި ރިވެތި އުޞޫލުތަކަށް ރައްކާތެރިވާންވާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.