އައްޑޫގެ ތިން އަވަށެއްގެ އާންމު ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފި އެވެ.
އެ ހަރަކާތުގައި މައުލޫމާތު ދީފައި ވަނީ މަރަދު އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫގެ ވިޔަފާރިވެރިންނަށެވެ.
އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުގައި ފިހާރަތަކަށް ފުލުހުން ޒިޔާރަތްކޮށް، ވިޔަފާރިވެރިން ކުށްތަކުން ރައްކާތެރިކޮށް ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ވިޔަފާރިކުރުމަށް ފަހު ފައިސާ ދެއްކި ކަމަށް ބުނެ ސައްހަ ނޫން ސްލިޕް ފޮނުވާ މީހުންގެ ކިބައިން ރައްކާތެރިވެ އެފަދަ މީހުންނާ މެދު އިތުރަށް ސަމާލުވުމަށާއި، އެފަދަ ސުލިޕް ދެނެގަންނާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
އަދި ވައްކަމުގެ މައްސަލަތަކުން ސަލާމަތްވެ ތިބުމަށް ކުރެވިދާނެ ކަންކަން ވެސް ކިޔައި ދީފައިވެ އެވެ.
މީގެ އިތުރުން، ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމުކަމާއި އެކަމުގެ ސަބަބުން ލިބިގެން ދާނެ ފައިދާތައް ވެސް ވިޔަފާރިތަކަށް ކިޔައިދީފައިވެއެވެ. ފުލުހުން ވަނީ ސީސީޓީވީ ކެމެރާ ނެތް ފިހާރަތަކުގައި ކެމެރާ ހަރުކުރުމަށް އިރުޝާދު ވެސް ދީފަ އެވެ.
މި ހަރަކާތުގެ ތެރެއިން، ގަން ފުލުހުންެ މަސައްކަތްތައް އިތުރަށް ރަނގަޅުކޮށް، ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ވިޔަފާރިވެރިންގެ ހިޔާލު ވެސް ހޯދާފައިވެ އެވެ.