Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު އިސްލާމީ ކޭމްޕް އަންނަ މަހު

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އިސްލާމީ ކޭމްޕް އަންނަ މަހު ބާއްވަން ނިންމައި، އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ހިލްމު އެކަޑެމީން އިންތިޒާމުކޮށްގެން ސްކޫލްތަކުގެ ގްރޭޑް 9 އާއި 10 ގެ ދަރިވަރުންނަށް ހާއްސަކޮށްފައިވާ މި ކޭމްޕް ބާއްވަން ނިންމާފައި ބަނީ އަންނަ މަހުގެ 13 ގަ އެވެ. އެހެންވެ ބައިވެރިވުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ.

އިސްލާމީ ކޭމްޕްގައި ބައިވެރިވާން 680ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. ކޭމްޕާ ބެހޭ އިތުރު މައުލޫމާތު 7942131 އާއި9174749 އިން ހޯދޭނެ އެވެ.

ދީނީ ގޮތުން އެތައް މައުލޫމާތުތަކާއި އަމަލީ ގޮތުން ވެސް އެތައް ތަޖުރިބާތަކެއް ކުރެވޭ ގޮތަށް ކުރިއަށް ގެންދަން ރާވާފައިވާ އިސްލާމީ ކޭމްޕްގައި އިސް ޝެއިހުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ރާއްޖޭގެ މަޝްހޫރު ޒުވާން ޝެއިހުންގެ ތެރޭގައި ހިމޭ ޝައިހް އާޒިމް ހާލިދާއި ހަނޫން ހުސައިނެވެ.