Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ޓޫރިސްޓުންގެ އަދަދު 900،000 އިން މައްޗަށް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 900،00 އިން މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 923،984 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 962،242 ޓޫރިސްޓުންނެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުންގެ 10 ލިސްޓްގެ ގަދަ ތިނެއްގައި އޮތީ ޗައިނާ (141،339 ޓޫރިސްޓުން)،
ރަޝިއާ (121،826 ޓޫރިސްޓުން) އަދި އިނގިރޭސިވިލާތް (79،473 ޓޫރިސްޓުން) އެވެ.

ލިސްޓްގައި ދެން ހިމެނެނީ އިޓަލީ (68،906 ޓޫރިސްޓުން)، ޖަރުމަން (60،591 ޓޫރިސްޓުން)، އިންޑިއާ (50،747 ޓޫރިސްޓުން)،
ފްރާންސް 28،441 ޓޫރިސްޓުން)، އެމެރިކާ (23،040 ޓޫރިސްޓުން)، ސްވިޓްޒަލޭންޑް (20،511 ޓޫރިސްޓުން) އަދި އޮސްޓްރޭލިއާ (19،796 ޓޫރިސްޓުން) އެވެ.

ރާއްޖެ އަށް އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުން ތެރެއިން 898،709 މީހުން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 3،254 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކު ރިއިރު ގަން އެއާޕޯޓުން 3،710 ޓޫރިސްޓުން އަދި ހަނިމާދޫ އެއާޕޯޓުން 2،085 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

މީގެ އިތުރުން މާމިގިލި އެއާޕޯޓުން 1،665 ޓޫރިސްޓުން، ދާލު އެއާޕޯޓުން 754 އަދި ކަނޑުމަގުން 13،808 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖޭގެ މި އަހަރު ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.