Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އިމާރާތެއްގެ ދެވަނަ ބުރިން ކުއްޖަކު ވެއްޓިއްޖެ

މެދުރާއްޖެތެރޭގެ ރަށެއްގައި އިމާރާތަކުން ކުޑަ ކުއްޖަކު ވެއްޓިއްޖެ އެވެ.

ފުލުހުން ބުނީ މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކު އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނުކަމަށް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ ވެއްޓިފައިވަނީ ކ. ގުރައިދޫގައި ހުންނަ އިމަރާތަކުންނެވެ. އެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.